ރިސޯޓް ހަދަން ދޫކޮށް މަސައްކަތް ހުއްޓިފައިވާ އުލިގަމު ސިޓީ ހޮޓަލުގެ މަސައްކަތް އަލުން މިސަރުކާރުން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ގާލާ ނައިޓްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ އުލިގަމުގެ އެސިސްމެންޓް ނިމުމަކާ ގާތްވެފައިވާ ކަމަށާއި އުލިގަމު ހުއްޓިފައިވާ އޮތް އޮތުން ނިމުމުކަން ގެންނާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

Ad
d

"އަޅުގަނޑު ޔަގީންކަން އަރުވަނީ އުލިގަމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ އިއުލާންކުރެވޭ ވަރުވާނެއޭ. އިރާދަކުރެއްވިއްޔާ އުލިގަމު ހުއްޓިފައެއް ނޯނާނެ."

އަލީ ވަހީދު ވިދާޅުވި އެވެ.

Ad
df

ހއ އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް 36 ހެކްޓަރުގެ ބޮޑު ބިމެއް ދީފައިވަނީ 2007 ވަނަ އަހަރު އެވެ. އެ މަޝްރޫއުތައް ފެށުނު ނަމަވެސް ތަފާތުއެކި ސަބަބުތަކާ ހެދި ވަނީ ހުއްޓިފަ އެވެ.