ފްރާންސްގައި 11 މިލިއަން ޑޮލަރުގެ "ޤައުމީ ތަރިކަ" ވަގަށް ނަގައިފި
ފްރާންސްގެ ލިމޯޖް ސިޓީގައި ހުންނަ އެޑްރިއަން ޑުބޫޝް ނެޝަނަލް މިއުޒިއަމުން ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (9.5 މިލިއަން ޔޫރޯ) އަގުކުރެވޭ، ޤައުމީ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ފަށުވި އެތި، ބުރާސްފަތި ދުވަހުގެ ފަތިހު ވަގަށް ނަގައިފިއެވެ. މިކަން މިއުޒިއަމުން ވަނީ ހާމަކޮށްފައިވާއިރު، މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ދިން، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި، މިވައްކަން ހިންގާފައިވަނީ ފަތިހު 3:15 ހާއިރުއެވެ. ވަގުން ވަނުމަށްޓަކައި މިއުޒިއަމްގެ ކުޑަދޮރ...