އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ބޮއިކޮޓް ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން، 39 އަހަރަށްވުރެ ގިނަ ދުވަހު ތުރުކީގައި ސައިގެ އުފެއްދުންތައް އުފައްދަމުން އައި ލިޕްޓަން ޓީޒް އެންޑް އިންފިއުޝަންސް ކުންފުނިން އެ ޤައުމުގައި ހުރި އެ ކުންފުނީގެ ދެ ސައި ފެކްޓަރީ ވިއްކާލައިފިއެވެ.
މި ފެކްޓަރީތައް ވިއްކާލާފައިވަނީ ތުރުކީގެ ލޯކަލް ކުންފުންޏެއް ކަމަށްވާ އޮޒް-ގުރް ޗައި އަށެވެ.
މި މުޢާމަލާތް ފުރިހަމަވުމަށް ތުރުކީގެ ކަމާ ބެހޭ އިދާރާގެ ހުއްދަ ލިބުން ލާޒިމްކަމަށް ވިޔަސް، ލިޕްޓަން ކުންފުނިން މި އެއްބަސްވުމުގެ މާލީ ތަފްޞީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ނެދަލޭންޑްސްގައި މައި މަރުކަޒު ހުންނަ ލިޕްޓަން ގްރޫޕުން ތުރުކީގެ އުތުރު-އިރުމަތީގައިވާ ރައިޒޭގައި ހިންގަމުން އަންނަ މި ދެ ފެކްޓަރީގައި ހިކިކޮށް، ތަފާތު ސައިތައް އުފައްދައެވެ. އިސްތަންބޫލްގައި މައި މަރުކަޒު ހުންނަ އޮޒް-ގުރް ޗައި އިން، އެ ކުންފުނީގެ އޮޒް-ގުރް ބްރޭންޑުގެ ދަށުން އެކި ބާވަތްތަކުގެ ސައި ބާޒާރަށް ނެރެއެވެ.
British tea brand Lipton, which has faced a global boycott over its stance on Gaza, has officially ended its production operations in Türkiye after 39 years.
The company has completed all legal procedures to transfer its fresh-tea processing plants in the Rize districts of… pic.twitter.com/AtMgBOgl2I
— Quds News Network (@QudsNen) December 5, 2025
ލިޕްޓަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ފެކްޓަރީތަކުގެ މިލްކުވެރިކަން މިހާރުވެސް އެ ކުންފުނީގެ ތަޖުރިބާކާރު ބައިވެރިއެއް ކަމަށްވާ އޮޒް-ގުރް ޗައި އަށް ބަދަލުކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި ލިޕްޓަން އިން އިތުރަށް ބުނީ، ތުރުކީގައި 39 އަހަރު ވަންދެން ހިންގަމުން އައި އެ މަސައްކަތްތަކުގެ މައި ފެކްޓްރީ ކަމުގައިވާ، ޤައުމުގެ ހުޅަނގުގައި ހުންނަ ސައި ބްލެންޑުކޮށް ޕެކެޖްކުރާ އާ މަރުކަޒަށް 30 މިލިއަން ޔޫރޯ (35 މިލިއަން ޑޮލަރު) އިންވެސްޓްކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު، ލިޕްޓަން އިން ތުރުކީގެ ހުޅަނގުގައިވާ ސަކަރިޔާ ސިޓީގައި މި ބްލެންޑުކޮށް ޕެކްކުރާ މަރުކަޒެއް ހުޅުވިއެވެ. ރައިޒޭގައި ހުންނަ ފެކްޓަރީތަކުން އުފައްދާ ސައި، ސަކަރިޔާގައި ހުންނަ މަރުކަޒަށް ބްލެންޑުކޮށް ޕެކްކުރުމަށް ފޮނުވަމުންދާނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިޕްޓަންއަށް މި ފިޔަވަޅު އަޅަން މަޖުބޫރުވީ، އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ބޮއިކޮޓް ކެމްޕޭނާއި ގުޅިގެން އެ ކުންފުނީގެ ތުރުކީ ފެކްޓަރީތަކުން އާދަޔާޚިލާފަށް ގެއްލުން ބޮޑުވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!