ހއ. އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައި، ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމުން ފާސްވި 26 ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށްފަވެއެވެ.
މި އޯގަސްޓް މަހުގެ 11 އިން 20ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ.
އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މީގެ ކުރިން އެރަށުގައި ވަނީ އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހޭންޑް ބޯލް ކޯޗިން ކޭމްޕެއް ވެސް ހިންގާފައެވެ. މީގެ އިތުރުން ވޮލީ ބޯލް ތަމްރީންތަކާއި މުބާރާތްތައް ވެސް ވަނީ ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!