ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ނެއްލައިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެ ފުރުޞަތު ބަންދުވުމުގެ ސުން ގަޑިއަކީ 24 އޮގަސްޓް 2022 ވަނަ ދުވަހުގެ 12:00 އެވެ.
މި ޕްރޮގްރާމުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ނަން ނޯޓް ކުރާ 50 ބައިވެރިންނަށް ކަމަށް ނެއްލައިދޫ ކައުންސިލުން ވިދާޅުވެއެވެ.
އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 28 އޮގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 06 ސެޕްޓެމްބަރ 2022 ގެ ނިޔަލަށެވެ.
މި ކޯހަކީ މުޅިން ހިލޭ ބައިވެރިވެވޭ ކޯހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!