ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކްލިކް ކޮމްޕޮއުޓާސްގެ “ވަންޑޭ އޮފަރ” މާދަމާއަށް ތާވަލު ކޮށްފިއެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ މި އޮފަރ އަކީ އެއް ދުވަހަށް ހާއްސަ ސޭލެކެވެ. އެގޮތުން ގިނަ އަދަދެއްގެ ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓްތައް އެ ކުންފުނިން މި ދުވަހު ދެއެވެ. ކޮންމެ މަހެއްގެވެސް 22 ވަނަ ދުވަހު ކްލިކްގެ ފިހާރަތަކުން އަޅުވަމުން އަންނަ ބޮޑު އޮފާ އަޅުވަނީ އެދުވަހަށް އެކަންޏެވެ.
މިފަހަރުގެ އޮފާގައި 12 ޕްރޮޑަކްޓަކުން ޑިސްކައުންޓް ވަނީ ދޭން ނިންމާފައެވެ. އެއީ ޓީވީ އާއި ގޭމިން ގޮނޑިތަކުންނެވެ.
ކްލިކް ކޮމްޕިއުޓާސް އިން ވިއްކާ ސޮނީ ބްރާވިއާ 75 އިންޗީގެ ޓީވީތަކުން މާދަމާ 27 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭއިރު ހައިސެންސް 65 އިންޗި އަދި 58 އިންޗީގެ ޓީވީތަކުން 10 އިންސައްތަ، ހައިސެންސް 55 އިންޗީގެ ޓީވީ އަދި ސެމްސަންގެ 55 އިންޗީގެ ޓީވީތަކުން 11 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
ސެމްސަންގެ 50 އިންޗީގެ ޓީވީތަކުން 10 އިންސައްތަ ޑިސްކައުންޓް ދޭއިރު ހައިސެންސް 43 އިންޗީގެ ޓީވީތަކުން 30 އިންސައްތައިގެ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ. މި ހުރިހާ ޓީވީ ތަކަކީވެސް ސްމާޓް އަދި އެންމެ ޒަމާނީ ސިޓިން ރޫމާއި ކޮޓަރިތަކާ ގުޅޭ ޓީވީތަކެވެ.
ގޭމިން ގޮނޑިތަކުގެ ތެރެއިން ގޭމިން ފްރީކް ނާގާ ތްރޯން ގޭމިން ޗެއާއިން 28 އިންސައްތައިގެ ޑިސްކައުންޓް ލިބޭއިރު އޮޓީފުލް ގޭމިން ޗެއާއިން 27 އިންސައްތަ، އޯކާ ގޭމިން ޗެއާ ޖީ-45 އިން 29 އިންސައްތަ، ނުބްވޯ ގޭމިން ޗެއާއިން 29 އިންސައްތަ އަދި އޯކާ ޖޭމިން ޗެއާ ޖީ-58 އިން 29 އިންސައްތައިގެ ޑިސްކައުޓް ލިބޭނެއެވެ.
ޓެކްނޮލޮޖީ ދާއިރާގެ ގިނަ ބާވަތްތަކެއް އެއްފުރާޅެއްގެ ދަށުން ހެޔޮ އަގެއްގައި ހޯދަން ބޭނުންނަމަ ދާންވީ ކުލިކްގެ ފިހާރަތަކަށެވެ. މާފަންނު މަޖީދީމަގު ސަންފްރަޓް އާއި އިންވެގެން ކުލިކްގެ ފިހާރަ އެއް ހުންނަ އިރު މާފަންނު އީދު މިސްކިތް ހުންނަ މަގުގައި ހުންނަ ލެމަންގުރާސް ކުރިމަތީގައި ވެސް ކުލިކްގެ ފިހާރައެއް ހުރެއެވެ. ކުލިކްގެ ސާވިސް ސެންޓަރ މިހާރު ހުންނަނީ އެތަނުގަ އެވެ.
..
!
Exclusive prices just for ONE DAY!
Save the date.----------
Hisense 43"...
Posted by ClickComputers on Monday, July 18, 2022
ކުލިކް ކޮމްޕިއުޓަރސް އަކީ މީގެ 18 އަހަރު ކުރިން ފެށިގެން ކޮންޕިއުޓަރާއި ޓެކްނޮލޮޖީގެ އާލާތްތައް ރާއްޖެ އެތެރެކޮށް އަތްފޯރާ ފަށުގައި ވިއްކަމުން އަންނަ ފިހާރަ އެކެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7992472 ނުވަތަ 7796956 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!