‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތް އިން މައުލޫމާތު ދެއްވި ގޮތުގައި އެ މިނިސްޓްރީގެ ފަރާތުން މި މައްސައްކަތް ހަވާލުކޮށްފައި ވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި މަސައްކަތަށް 4,100,958.67 ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަސައްކަތް ކޮންޓެކްޓަރަކާއި މިއަދު ހަވާލުކުރުމާއި ގުޅިގެން ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން އެ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށެވެ. އަދި އެ މަރުކަޒު މެދުވެރިކޮށް އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެ މަރުކަޒުން ފާހަގަ ކުރައްވައެވެ.

އެ އިމާރާތުގެ އެތެރޭގެ ކުރެހުމެއް

މިދިޔަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހު ސަރުކާރުން ވަނީ ފޭދޫ ސިއްހީ މަރުކަޒަށް މުޅިން އައު އެމްބިއުލާންސްއެއް ފޮނުވާފައެވެ.

ށ. ފޭދޫ ސިއްހީ މަރުކަޒަކީ ޚިދުމަތުގައި 15 އަހަރު ހޭދަކޮށްފައިވާ މުއައްސަސާއެކެވެ.