ށ.ފޭދޫގައި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮއްފި
ށ. ފޭދޫގައި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. ފޭދޫ ސިއްހީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު އެ މަރުކަޒަށް ފަރުވާ ހޯދުމަށް ދައްކާ ބަލިމީހުންގެ ރެކޯޑްތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، ބަލިޖެހިފައިވާ ކުދިން ސްކޫލަ...