ހއ. ދިއްދޫގައި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ފަށައިފިއެވެ.

މި ކޯހަކީ ދިިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

މި ކޯހުގެ ކިލާސްތައް މިއަދު ފަށާފައިވާއިރު، ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އިލެކްޓްރިކް ވައިރިން ޓެސްޓް ކުރުމުގެ ހުއްދަވެސް ލިބިގެން ދާނެކަމަށެވެ. އަދި މިއީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

މި ކޯސް ކުރިއަށް ގެންދަނީ 30 ބައިވެރިންނާއެކުގައެވެ.

ޕޮލިޓެކްނިކުން ވަނީ 31 ބައިވެރިންނާއެކު އއ. އުކުޅަހުގައި ވެސް ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރިކް ކޯހެއް ފަށާފައެވެ.