ހއ. ދިއްދޫގައި ކުރިއަށް ގެންދާ "ދިއްދޫ ޔޫތު ޗެމްޕިއަން ޝިޕް 1 ވަނަ ވޮލީ މުބާރާތް" މިއަދު ފަށައިފިއެވެ.

މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެރަށު ޔޫތު ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Ad
rt

މިއަދު ހަވީރު 16:00 ގައި ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ދިއްދޫ ބީއެކްސް ސްޕޯޓްސްއާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.

މުބާރާތް ހުޅުމުގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ދިއްދޫ ބީއެކްސް ސްޕޯޓްސްއާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ބައިވެރިވެފައިވާ ޓީމް ތަކަކީ، ބްލެކްޒިންހޯއާއި އަދި ދިއްދޫ ޕޮލިސް ކްލަބެވެ.

މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.