ކަރަންޓު އިގްތިސޯދުކުރުމަށް ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރު ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެ ހަވީރުގެ ތެރެއިން ކުޑަކުދިންނާއި އާއިލާތަކަށް ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މުހިންމުކަމާއި ކަރަންޓު އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވަނީ ދީފައެވެ.
ހަވީރުގައި ބައިވެރިވި ކުދިންގެ ހުނަރު ދައްކާލުމާއި، ކަޕްކޭކާއި ކުޑަކުދިންނާ ގުޅުންހުރި އެެކި ކަހަލަ ގޭމްތައް ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި ހަދިޔާވެސް ވަނީ ބަހައިފައެވެ.
މީގެ އިތުރުން، އެ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ވެސް ބޮކި ވެސް ވަނީ ބަހާފައެވެ.
ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އަޅުގަނޑުމެން ކުރިޔަށް ގެންދާ އެނާޖީސޭވިންގ ކެމްޕެއިންގެ ދަށުން ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭ ސެންޓްރަލްޕާކުގައި ބޭއްވި ކާމިޔާބު ކުޑަކުދިންގެ ހަވީރުގެ ތެރެއިން. pic.twitter.com/tfx0l0Xfi4
— STELCO (@STELCOMALDIVES) February 26, 2022
އެ ކުންފުނީގެ އެނާޖީ ސޭވް ކެމްޕޭނުގެ ދަށުން ކަރަންޓު އިގްތިސާދުކުރުމާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން މި ދުވަސްވަރު ދަނީ އެކި ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ކްލަބްހައުސް ސެޝަނެއްވެސް ވަނީ ބާއްވާފަައެވެ.
މި ކެމްޕޭނުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!