ހއ. ހޯރަފުށީ ފަޅުތެރެއިން ހާހެއްހާ ރާގޮނޑި ހިފައިފިއެވެ.

ރާގޮނޑި އައިން ވަދެފައި ވަނީ އެރަށު އެއާޕޯޓު ހުޅަނގު ފަޅުތެރެއަށެވެ.

Ad
rt

އެ ސަރަހައްދުގައި ހުރި މީހަކު "ތިލަދުން" އަށް ބުނީ މިވަގުތު ވެސް ރާގޮނޑި ހިފުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ހާހެއްހާ ރާގޮނޑި އެއްގަމަށް ލެވިއްޖެ، މިހާރު ވެސް ރާގޮނޑި އައިން ބައްދާލައިގެން އުޅެނީ" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ރާގޮނޑި ހިފުމުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ފޯރިއާއިއެކު ބައިވެރިވަމުން ކަމަށެވެ.