ށ. ފުނަދޫގެ ޒުވާނުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމުގެ ގޮތުން ށ. ފުނަދޫ ކައުންސިލުން އެރަށުގެ ޒުވާނުންނާއި ބައްދަލު ކޮށްފިއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު، " ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށު ކައުންސިލާއި ރައްޔިތުންނާއި ދެމެދު ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތައް އޮޅުންފިލުވައިދިނުމެވެ.
އެގޮތުން ކޮންމެ ބަޔަކު މިކަން ކުރި ކަމުގައިވިޔަސް މިއީ ބަލައިނުގަނެވޭނެ އަމަލެއް ކަމަށާއި އެފަދަ އަމަލުތައް ހުއްޓުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން ރަށުން ގެވަޅުދޫކުރުމުގައި ދިމާވެފައިވާ ދަތިތަކާއި އިޖްތިމާއީ މަރުކަޒާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކުގެ އިތުރުން ކުޅިވަރު ކުޅޭ ބިންތަކުގެ މައްސަލަ އަދި ސަރުކާރުގެ ބޭނުމަށް ރަށުން ބިންދޫކުރުމާއި ގުޅޭގޮތުން ކައުންސިލުންނާއި ޒުވާނުންނާމެދު ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އަދި ފުނަދޫ ކައުންސިލުންނަކީ ވަކި ފިކުރަކަށް ބެލުމެއް ނެތި ރަށުގެ ތަރައްޤީއަށް ހުރިހާ ފަރާތްތަކާއި އެކުވެސް އެހީތެރިވެގެން މަސައްކަތް ކުރައްވާނެ ކައުންސިލެއް ކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!