ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން މި އަހަރު ބާއްވާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު"ގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ.
މިއީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީ) އިން ބާއްވާ ހަރަކާތެކެވެ. މި އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ބައިނަލްއަގުވާމީ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" އުތުރުން ފަށަނީ
މި ޔޮޓް ރެލީ ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ރެލީ ތިން ހަފުތާ އަށް ކުރިއަށް ގެންދާއިރު، ހއ. އިން ފެށިގެން ބ. އަތޮޅާ ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކަށާއި ހަތަރު ފަޅުރަށަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!