ރ. މާކުރަތު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.
މި މަޝްރޫއުގެ ދަށުން 45023.84 މީޓަރުގެ ބަނދަރު ފުން ކުރުމާއި ބޭރު ތޮއްޓެއް ލުމާއި އެއްގަމު ތޮއްޓެއް ލުމާއި ރިވެޓްމަންޓް ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި ރޭމްޕަކާއި ޕޭވްމަންޓެއް ހަދައި މަގު ބައްތި ހަރުކުރުމާއި މިހާރުގެ ބަނދަރު މަރަމާތު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް 26,677,466.90 ރުފިޔާއަށް ޙަވާލުކޮށްފައި ވަނީ 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާ ގޮތަށް pic.twitter.com/p90OZNvxMF
— Min.of National Planning, Housing & Infrastructure (@MoNPHImv) January 13, 2022
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 26.67 މިލިއަން ރުފިޔާއަށް، 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!