ހދ. ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގެ ސިއްހީ މަރުކަޒަށް ޑިޖިޓަލް ނޯޓިސްބޯޑެއް ހަދިޔާ ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ވިދާޅުވިގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މި އެހީތެރިކަމާއެކު ހަނިމާދޫ ސިއްހީ މަރުކަޒުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ގާއިމުކުރެވިގެން ދާނެއެވެ.

Ad
rt

އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށް މި ޑިޖިޓަލް ނޯޓިސްބޯޑުގެ ޒަރީއާއިން ފަސޭހަކަން ލިބިގެންދާނެކަން ފާހަގަކުރައްވައި، މިގޮތުން މި ޑިޖިޓަލް ނޯޓިސްބޯޑުގެ ޒަރީއާއިން ރަނގަޅު މަޢުލޫމާތު ފޯރުކޮއްދިނުމާއި މި ނޫން ފަސޭހަތައް ވެސް ލިބިގެންދާނެކަމަށް ހަނިމާދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޯވިޑްގެ މިހާލަތުގައި ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ވެސް މި ޑިޖިޓަލް ނޯޓިސްބޯޑުގެ ޒަރީއާއިން އެހީތެރިކަން ލިބިގެންދާނެކަން ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.

ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދާދިފަހުން ވަނީ އެރަށު ޒުވާނުންގެ ޖަމިއްޔާއިން އެރަށުގައި ހިންގާ ސަޢާދާ ޕްރީސްކޫލަށް 15 ހާސް ރުފިޔާގެ ތަކެތި ފޯރުކޮށް ދިނުމަށް ވެސް ނިންމާފައެވެ. އަދި އެރަށުގައި ޕިކްނިކް އޭރިއާ ތަރައްގީ ކުރުމަށް ވެސް އެ ކޮމެޓީން ވަނީ މަސައްކަތް ފަށާފައެވެ.