ދެ ކިޑްނީ ފެއިލްވެފައިވާ މުހައްމަދު މޫސާ (މަނިކު) އަށް އެހީވާން އޭނާގެ އުފަން ރަށްކަމަށްވާ ހއ. ބާރަށުން 119،542.43 ރުފިޔާ ހޯދައިފިއެވެ.
މަނިކަކީ މީގެ އަހަރުތަކެއް ކުރިން ހދ. ހަނިމާދޫއަށް ބަދަލުވެ އެރަށުގައި މިހާރު ދިރިއުޅެމުންދާ ހަނިމާދޫގެ ރައްޔިތެކެވެ. އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އޭނާ އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ދެ ކިޑްނީ ފެއިލްވެ ވޭން އުފުލަމުންދާ މަނިކަށް މިހާރު ވަނީ އާއިލާގެ ތެރެއިން ކިޑްނީއެއްގެ ކަންތައް ހަމަޖެހިފައެވެ. ދެން އޮތީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ. އެ މަސައްކަތް މަނިކުގެ ޢާއިލާއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މިކަމަށް ނުހަނު ބޮޑު ޚަރަދެއް ހިނގާނެއިރު، މަނިކުގެ ޢާއިލާއަށް ފައިސާގެ އެހީތެރިކަމަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އެހީތެރިކަމެކެވެ.
އެހެންކަމުން މަނިކުގެ އުފަންރަށް ހއ. ބާރަށުގެ ކައުންސިލުން އިންތިޒާމްކޮށްގެން އިއްޔެ ވަނީ އެ ރަށުގައި މަނިކުގެ ބަލިހާލަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފައިސާ ހޯދުމަށް މަސައްކަތް ދުވަހެއް ފާހަގަކޮށްފައެވެ. މި މަސައްކަތް ދުވަހުން 119،542.43 ރުފިޔާ ވަނީ ހޯދާފައެވެ.
ހަތް ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތު ދުވަހުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ބާރަށު ކައުންސިލުން ވަނީ މިހަރަކާތުގައި، ބައިވެރިވި ހުރިހާ ފަރާތްތަކަށް އަދި އެކިގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާކަމަށް ވިދާޅުވެފައެވެ.
މުހައްމަދު މޫސާ (މަނިކު) އަށް ކިޑްނީއެއް ވަނީ ލިބިފައި، ބޭނުންވަނީ މާލީ އެހީތެރިކަން
އެ އާއިލާއިން މަނިކުގެ ކިޑްނީ ޓްރާންސްޕްލާން ކުރުމުގެ އޮޕަރޭޝަނަށް އިންޑިއާއަށް ފުރުމަށް ތައްޔާރަށް ތިބި ނަމަވެސް އެކަމަށް ހުރަސް އަޅަނީ މާލީ ދަތިކަމެވެ. ވުމާއެކު އެ އާއިލާއިން އެދެނީ ކޮންމެ ބޭފުޅަކަސް ވެސް ވެވެން އޮތް އެހީތެރިކަމެއް އެ އާއިލާއަށް ފޯރުކޮށްދިނުމެވެ.
އިތުރު މައުލޫމާތު ހޯދުމަށް:
މޫސާ ވަޖުދީ - (މުހައްމަދު މޫސާގެ ދަރިފުޅު)
ފޯންނަމްބަރ: 7935532
ރުފިޔާ އެކައުންޓް ނަމްބަރ: 7704275363101
އެކައުންޓް ނަން: MOOSA WAJUDHEE
ޑޮލަރު އެކައުންޓް ނަމްބަރ: 7730000208006
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!