މާލޭ ސިޓީގައި ދިރިއުޅޭ ހއ. ކެލާ ރައްޔިތުންނާއި، އެރަށު ކައުންސިލުން މާދަމާރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ކެލާ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 21:00ގައި މާލޭގެ އިސްކަންދަރު ސްކޫލްގައި ކަމަށެވެ.

Ad
rt

މިބައްދަލުވުމާއިގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް "ތިލަދުން"އިން ގުޅާލުމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވީ، އެރަށު

އާބާދީގެ ބޮޑުބައެއް މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު، ރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުންފަދަ ރަށާއިގުޅޭ މުހިންމު ކަންކަމުގައި އެ ސަރަހައްދުގައި އުޅޭ ރަށްޔިތުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

"މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ލޭންޑްޔޫސް ޕްލޭނަށް ހިޔާލު ހޯދައި، ތަރައްގީގެ ޕްލޭން ހިއްސާކުރުމާއި ރައްޔިތުންގެ ކިބައިން ކައުންސިލަށް ބޭނުންވާ އެހެނިހެން މަޝްވަރާއާއި ޚިޔާލު ހޯދުން" އިންފާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކެލާ ކައުންސިލްގެ ރައީސް އިންފާޒްގެ އިތުރުން ކައުންސިލްގެ ދެ މެންބަރަކު ބައިވެރިވާނެއެވެ.