ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއިން ހޯދައިފިއެވެ.
19 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު ސަންދިޔާއާއި ވާދަކޮށް ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރު 8، ނައުފާ އިންރާހީމްއެވެ.
ފައިނަލް މެޗު ނިމުމުން މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މުބާރާތުގައި އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓްރޮފީ ވަނީ ހަވާލު ކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ސީއެސް ވިމެންސްގެ ކޯޗް ނޫރައްދީން އިބްރާހީމްއެވެ. މުބާރާތުގެ އެންމެ ގިން ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސް ޓީމްގެ ފާތިމަތު ޝަހުލާއެވެ. މި މުބާރާތުގައި ވަނީ ބެލުންތެރިންގެ އެންމެ މަޤުބޫލް ކުޅުންތެރިޔާ ވެސް ހޮވާފައެވެ. މިގޮތުން ބެލުންތެރިންގެ އެންމެ މަޤުބޫލް ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޒީރް ސްޓާރސް ޓީމްގެ މަރިޔަމް ޝިއުނާއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ޓާފް ކުއީންސްއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުން
ނައުފާ އިބްރާހީމް / ސީއެސް ވިމެންސް
ސާލިޔާ އިބްރާހީމް / ސަންދިޔާ
ހައްވާ ހަސަން / ޓާފް ކުއީންސް
ސާއިދާ މޫސާ / ސީއެސް ވިމެންސް
ފާތިމަތު ޝަހުލާ / ސީއެސް ވިމެންސް
މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެސް ވިމެންސް ޓީމްގެ ނައުފާ އިބްރާހީމެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޖަސްޓް ނިއު ޝޮޕްއެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ރަގްބާ، ބްލޫ ބްލިސް ކެފޭ، އޮޒާކް އެމްވީ، ބްލެކް ގޯލްޑް ފުޑްސް، އަފޫ ޕެއިންޓްސް، ވޭވް ލެންތު، އެމްއެޗްޑީ މާޓްގެ އިތުރުން ރެޑް އެޕަލްއެވެ. މި ހުރިހާފަރާތްތަކަށް ކުމުންދޫ ޔޫތު ސްޕޯޓްސްގެ ފަރާތުން ވަނީ ވަރަށް ހާއްސަ ޗުކުރެއް އަދާކޮށްފައެވެ.

މީގެއިތުރުން ކުމުންދޫ ކައުންސިލްގެ އިދާރާ، ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވެދެއްވި އެހީތެރިކަން ފާހަގަކޮށް ކުމުންދޫ ޔޫތު ސްޕޯޓްސްގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!