ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މާދަމާ ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ. އަތޮޅުން ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ.

Ad
rt

މިދަތުރު ފުޅުގައި ފާހަގަކޮށްލެވޭކަންކަމުގެ ތެރޭގައި ހޯރަފުށި މަގުހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެ އެވެ. އަދި ހޯރަފުށި އެއަރޕޯޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ "އުފަންވެނި" ހުޅުވައިދެއްވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވަ އެވެ.

މީގެ ކުރިންވެސް ނައިބު ރައީސް ވަނީ ތިލަދުންމަތީގެ އެކިރަށްތަކަށް ޒިޔާރަތްކުރައްވާފަ އެވެ. މިދަތުރުތަކުގައި އެކިރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަމުން އަންނަ އެކި ޕްރޮޖެކްޓް ތައްވަނީ ބައްލަވާލައްވާފައެވެ.

މިއީ ވައިކަރަދޫ އަދި ނެއްލައިދޫއަށް ނައިބު ރައީސް ކުރައްވާ ފުރަތަމަ ދަތުރެވެ.