މިއަހަރުގެ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ހދ. ފިނޭގައި މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.

ފިނޭ ކައުންސިލުން ވިދާޅުވިގޮތުގައި، ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިނޭގެ ފިރިހެނުންނަށް ޚާއްސަކޮއްގެން މަސްރޭހެއް ބޭވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

Ad
rt

މި މަސްރޭސް ބޭވުމަށް ހަމަޖެހިފައި ވަނީ 19 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ.

މި މަސްރޭހުގައި ބައިވެރިވާން އެދޭ އެރަށުގެ ޓީމްތައް މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 18 ނޮވެމްބަރ 2011 ދުވަހުގެ 14:00 ގެ ކުރިން ފިނޭ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުމަށް އެ ކައުންސިލުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމު ރަސްމީ ގަޑީގައި ފިނޭ އިދާރާއިން ލިބެން ހުންނާނެ އިންތިޒާމްވެސް އެކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ފިރިހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހެވެ.