އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ށ. އަތޮޅުގެ 14 ރަށުގައި އަލަށް 39 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ.
ޕީއެސްޕީއައިޕީގެ ދަށުން އަންނަ އަހަރަށް ބޮޑުތިލަދުންމަތީގެ ހއ. އަތޮޅަށް ހިމަނާފައި ވަނީ އެ އަތޮޅުގެ 14 ރަށަށް އައު 32 މަޝްރޫޢުއެކެވެ. ހދ. އަތޮޅުގެ 12 ރަށް ހިމަނާފައި ވަނީ އައު 29 މަޝްރޫޢުއެކެވެ. އަދި ކުޅުދުއްފުށީ ސިޓީއަށް އަލަށް 8 މަޝްރޫޢުއެއް ހިމަނާފަ ވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ށ. އަތޮޅުގެ 14 ރަށުގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަކަށް ކަޅިހިންގާލާއިރު، އެ މަޝްރޫޢުތަކަކީ،
ށ. ފުނަދޫ
- ފުނަދޫ ހޮސްޕިޓަލްގެ އައު އިމާރާތް (އަލަށްފަށާ)، 6،000،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ފުނަދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، އެވޯޑް ކުރެވިފައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 11،521،831 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ކަނޑިތީމު
- ކަނޑިތީމު ކުޑަކުދިންގެ ޕާކު ތަރައްގީކުރުން (އަލަށްފަށާ)، 75،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
- ކަނޑިތީމު ޕޮލިސް ސްޓޭޝަން ގާއިމުކުރުން
މީގެއިތުރަށް ކަނޑިތީމަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10،331،393 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ނޫމަރާ
- ނޫމަރާ ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކުރުން (އަލަށްފަށާ)، 210،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ނޫމަރާއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 4،553،397 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ގޮއިދޫ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
- ޒޯން 1 ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުން
މީގެއިތުރަށް ގޮއިދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 11،926،144 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ފޭދޫ
- ފޭދޫ ސިއްހީމަރުކަޒު އެކްޓެންޝަން އިމާރާތް ހެދުން (އަލަށްފަށާ)، 551،370 ރުފިޔާ
- ފޭދޫ މޫދަށް އެރޭ ސަރަހައްދެއް ހެދުން (އަލަށްފަށާ)، 450،000 ރުފިޔާ
- ފޭދޫ ސްކޫލް ލައިބްރަރީ އަދި ސައެންސް ލެބް އިމާރާތްކުރުން، (އަލަށްފަށާ)، 450،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ފޭދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3،397،502 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ބިލެއްފަހި
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ބިލެއްފަށްސަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 6،536،292 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ފީވައް
- ފީވަކު ސިއްހީމަރުކަޒު އެކްޓެންޝަން އިމާރާތް ހެދުން (އަލަށްފަށާ)، 551،370 ރުފިޔާ
- ފީވަކުގައި މޫދަށް އެރޭ ސަރަހައްދެއް ހެދުން (އަލަށްފަށާ)، 450،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ފީވަކަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 6 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10،345،408 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ނަރުދޫ
- ނަރުދޫ ސިއްހީމަރުކަޒު އަޕްގްރޭޑް ކުރުން (އަލަށްފަށާ)، 551،370 ރުފިޔާ
- ނަރުދޫ ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުން (އަލަށްފަށާ)، 75،000 ރުފިޔާ
- ސިއްހީމަރުކަޒުތަކުގައި ޕޯޓިކޯއާއި ގަރާޖުހެދުން
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ނަރުދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12،186،118 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. މިލަންދޫ
- މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތް (އަލަށްފަށާ)، 6،592،584 ރުފިޔާ
- މިލަންދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން (އަލަށްފަށާ)
- ޒޯން 1 ކުނިމެނޭޖް ކުރާ މަރުކަޒު އަޕްގްރޭޑް ކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް މިލަންދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 6 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 20،522،006 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ފޯކައިދޫ
- ފޯކައިދޫ ސިއްހީމަރުކަޒު އެކްޓެންޝަން އިމާރާތް ހެދުން (އަލަށްފަށާ)، 551،370 ރުފިޔާ
- ފޯކައިދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ފޯކައިދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 8 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10،799،786 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. މަރޮށި
- މަރޮށި ސިއްހީމަރުކަޒު އަޕްގްރޭޑް ކުރުން (އަލަށްފަށާ)، 551،370 ރުފިޔާ
- މަރޮށި ސްކޫލް ސައިންސްލެބް އިމާރާތް ކުރުން، (އަލަށްފަށާ) 225،000 ރުފިޔާ
- ޒޯން 1 ކުނިމެނޭޖް ކުރާ މަރުކަޒު އަޕްގްރޭޑް ކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް މަރޮށްޓަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7،438،744 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ކޮމަންޑޫ
- ކޮމަންޑޫ ސްކޫލް އަޕްގްރޭޑް ކުރުން (އަލަށްފަށާ)، 240،000 ރުފިޔާ
- ކޮމަންޑޫ ޕޮލިސް ސްޓޭޝަން ޤާއިމުކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ކޮމަންޑޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7،546،952 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. ޅައިމަގު
- ޅައިމަގު ސިއްހީމަރުކަޒު އެކްޓެންޝަން އިމާރާތް ހެދުން (އަލަށްފަށާ)، 540،000 ރުފިޔާ
- ޅައިމަގު އައުޓްޑޯ ޖިމް ގާއިމުކުރުން، (އަލަށްފަށާ)، 125،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ޅައިމަގަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3،858،383 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ށ. މާއުނގޫދޫ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް މާއުނގޫދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 11،321،018 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. ބަޖެޓް ފާސްކުރާނީ ބަޖެޓް ކޮމެޓީން ގެންނަ ބަދަލުތަކާއެކު، ބަޖެޓް ކޮމެޓީގެ ރިޕޯޓް ތަޅުމަށް ފޮނުފައި، ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!