މާލެ ސިޓީ ޑްރައިވިންގ ލައިސަންސް ސެންޓަރުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ސެންޓަރުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމުން މިއަދު އެތަނުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ.

Ad
rt

މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން މާލެ ސިޓީ ކައުންސިލްއާއި ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށް ވެސް މޭޔަރު ޑރ. މުއިއްޒު ވިދާޅުވެފަވެއެވެ.

މާލެ ސިޓީ ޑްރައިވިންގ ލައިސަންސް ސެންޓަރު ހަދަނީ ހުޅުމާލޭ ފޭސް 1 ގައެވެ.

މިމަސައްކަތް ކުރަނީ އެމްޑަބްލިއުއެސްސީގެ އެހީތެރި ކަމާއިއެކުގައެވެ. ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގާ ޑްރައިވިން ޓްރެކެއް ހެދުމަށް، އެމްޑަބްލިއުއެސްސީން އެހީ ދީފައިވަނީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެދަށުންނެވެ.

މި މަސައްކަތަށް އެމްޑަބްލިއުއެސްސީން ވަނީ 1 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހަވާލުކޮށްފަވާކަމަށެވެ.