މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި ބީޗް ގޭމް ފެސްޓިވަލްއެއް ފަށަން އެ ސިޓީގެ ކައުންސިލުން ތައްޔާރުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ފެސްޓިވަލްގައި ބީޗްގެ ތަފާތު ކުޅިވަރު މުބާރާތްތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި، ބީޗް ވޮލީ އާއި ބީޗް ސޮކަރ ގެ އިތުރުން ބީޗް ހޭންޑް ބޯލް ހިމެނެއެވެ.

Ad
rt

އަދި މި މުބާރާތް ހިނގަމުންދާނީ ކޮންމެ ކުޅިވަަރަކުން ވެސް އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭގޮތަށް ކަމަށް އެ ކައުންސިލުން ވިދާޅުވި އެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 19 އިން 22 ވަނަ ދުވަހަށެވެ. އަދި ފެސްޓިވަލްގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން، ކުޅިވަރުތަކުގައި ބައިވެރިވުމަށް އެ ކައުންސިލުން ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެ އެވެ. ރެޖިސްޓަރ ވުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އެވެ.

2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކުރަން ރައީސްއުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަނޑައަޅުއްވާފައިވާ ތާރިހަކީ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހެވެ.