ށ. ފީވަކުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރި މީހެކެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ ފިރިހެނެކެވެ.

Ad
rt

ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ، އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރައްވަމުންނެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެފަހަރު އެރަށް މޮނިޓަރިންނަށްލާފައި މަހަކަށް ވުރެ ގިނަ ދުވަހު އޮތެވެ.

މިގޮތުން ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުސްވި އޮގަސްޓް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެރަށުން 136 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެފަހުން ސެޕްޓެމްބަރު 7 ވަނަ ދުވަހު ވެސް އެރަށުން 2 މީހަކު ޕޮޒިޓިވްވިއެވެ. މި އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.