ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތަކުރާރުކޮށް ހިނގަމުންދާ ހާދިސާތަކުގެ ސަބަބުން ދަޢުލަތް އިހުމާލުވަމުންދާކަމަށް ބުނެ، އެކަމާއި ދެކޮޅަށް އަޑުއުފުލައި އިޙްތިޖާޖުކުރުމަށް ރައިޒް އަޕް މޯލްޑިވްސްއިން ނިންމައިފިއެވެ.
މި އިހުތިޖާޖުގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެޖަމިއްޔާއިން ގޮވާލާފައިވެއެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކޮށް އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް އުފައްދާ ހިންގަމުން އަންނަ މިޖަމިއްޔާއިން އަޑުފުލަން ނިންމާފައިމިވަނީ، ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ ހަމަނުޖެހުމާއި ގުޅިގެން ސަރުކާރުން އިހުމާލުވެފައިވާކަމަށް ބުނެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ ފިޔަވަތީގައި ހަމަނުޖެހުން ހިގައި، އެތަނުގައި އުޅޭ ކުދިން ތަނުގެ ފުރާޅަށް އަރައި ތަނަށް ގެއްލުންދޭ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި އެތަނުގައި އަލިރޯންކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ކުޑަކުދިން ބަލަހައްޓާ މަރުކަޒު ތަކުގައި ތަކުރާރުކޮށް ހިނގަމުންދާ ހާދިސާތަކުގެ ސަބަބުން ދައުލަތް އިހުމާލުވަމުން ދާތީވެ އެކަމާއި ދެކޮޅަށް އަޑުއުފުލައި، އިޚްތިޖާޖް ކުރުމަށް އަޅުގަނޑުމެން ނިންމައިފީމެވެ. މި އިހްތިޖާޖްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ
— #RiseUpMV ✊ (@MvRiseUp) September 18, 2021
މިކަމާއި ގުޅިގެން ޗިލްޑްރެން އޮމްބަޑްޕާސަންގެ އޮފީހުން ބުނެފައިވަނީ ކުދިންގެ ކަރާމާތަށް ގެއްލުންވާކަމެއް ފިޔަވަތީގައި ހިނގާފައިނުވާކަމަށެވެ. އަދި އެކުދިންގެ ވީޑިއޯ ސޯޝަލް މީޑީއާގައި ވައިރަލްކޮށްފައިވާތީ، މިއީ އެކުދިންގެ ކަރާމާތައް ގެއްލުންވާނެކަމެއްކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިފަދަ އަމަލްތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ނަމަވެސް ރޭގަވެސް ފިޔަވަތީގައި ކުޑަކުއްޖަކު އެތަނުގެ ފުރާޅު މަތީގައި އިންނަތަން ދައްކުވައިދޭ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. ކުޑަކުދިންގެ ހައްގުތައް ރާއްކާތެރިކުރުމުގެ ޤާނޫނުގައިވާ ކަންތައްތައް ތަންފީޒުރާ ވަރު ކަނޑައެޅުމަށް އޮމްބަޑްޕާސަންގެ ނަމުގައި މިނިވަން މަޤާމެއް އުފައްދާފައިވަނީ ނިމިގެން ދިޔަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!