މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ މި މާރާމާރީގައި މީހަކު ޒަހަމް ވި މައްސަ އެެއް ހުށައެޅިފައިވާ ކަމަށެވެ.
މި މާރާމާރީ ހިނގާފައިވަނީ ގަލޮޅު، ފާށަނާކިލެގެ މަގު، ގޯޅި ގަނޑެއްގެ ތެރޭގައި ކަމަށެވެ.
“ 2 މީހެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ވެފައިވާ މައްސަލަ މިރޭ 21:50 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވޭ.”
މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މާރާމާރީ ގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލް ގައި ފަރުވާ ދެމުންދާކަމަށެވެ. އެ މީހާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ބުނެއެވެ.
މި މާރާމާރީ ގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވާކަމަށް މީސްމީޑިޔާގައި އަޑު ފެތުރިފައިވަނިކޮން ފުލުހުން ބުނީ މި މާރާމާރީ ހިންގުމުގައި ތޫނު އެޗްޗެއް ބޭނުން ކޮށްފައި ނުވާކަމަށެވެ.
މި މައްސަލަ އަންނަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!