ހއ. ދިއްދޫގައި ހުންނަ، ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކުލާސްރޫމާއި އޮފީސް އިމާރާތެއް އަޅަން ނިންމައިފިއެވެ.

މި މަޝްރޫޢޫގެ އަމަލީ މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓްގައި އިއްޔެ ވަނީ ސޮއިކުރެވިފައެވެ.

Ad
rt

މި މަޝްރޫޢޫއަކީ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫޢުގެ ގޮތުގައި ދިއްދޫގައި 2021 ވަނަ އަހަރު ހިންގެވުމަށް ކަނޑައެޅިފައިވާ 15 ޕްރޮޖެކްޓްގެ ތެރެއިން މި އަހަރު ސޮއިކޮށް އަމަލީ މަސައްކަތް ހިންގުމަށް ހަވާލުކުރެވުނު 7 ވަނަ ޕްރޮޖެކްޓްގެ ގޮތުގައި ކަނޑައެޅިފާވާ ޕްރޮޖެކްޓުކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ހިންގުމަށް ކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސްރޫމްގެ މަސައްކަތުގެ އަގަކީ، 12,358,084.55 (ބާރަ މިލިއަން ތިންލައްކަ ފަންސާސް އަށްހާސް އަށްޑިހަ ހަތަރު ރުފިޔާ ފަންސާސް ފަސް ލާރި) އެވެ. އަދި މި މަސައްކަތް ނިންމުމުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ.

މި މަޝްރޫޢުގެ މަސައްކަތް މި ހިސާބަށް ގެނައުމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ މުވައްޒަފުން ކުރެއްވި މަތިވެރި މަސައްކަތުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް އެ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.