ހދ. ކުޅުދުއްފުށި ސިޓީގެ އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 20 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިިން ނިންމައިފިއެވެ.

މި ސްކޫލް ކުއްޔަށް ދޭންނިންމީ ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް ކަމަށް އެކައުންސިލުން ހާމަކުރިއެވެ. އަދި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށްވެސް އެކައުންސިލުން ފާހަގަ ކުރިއެވެ.

Ad
rt

އެގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާނަމަ މިއަދު 18:00 އިން ފެށިގެން އަންނަ ޖުލައި މަހުގެ 4 ވާ އާދިއްތަދުވަހުގެ 14:00 އާއި ދެމެދު އެ އިދާރާއަށް ވަޑައިގެން ނުވަތަ އިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން ރެޖިސްޓްރީ ކުރެވޭނެއެވެ. އަދި އޮންލައިންކޮށް https://forms.office.com/r/H77aX1zswf މި ލިންކުގައިވާ ފޯމް ހުށަހަޅައިންވެސް ރަޖިސްޓްރީ ކުރެވޭނެކަމަށް އެ ކައުންސިލުން ހާމަކުރިއެވެ.

އަދި އަންދާސީ ހިސާބު ހުށަހެޅާނީ އަންނަ އޮގަސްޓް މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިންނެވެ، އަދި މައުލޫމާތު ދިިނުން އޮންނަނީ އަންނަމަހުގެ 5 ވަނަދުވަހުގެ 11:00 ގައެވެ.

މައުލޫމާތު ދިނުން ކުރިއަށް ގެންދެވޭނީ އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށްކަމަށާއި އަދި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ އެ އިދާރާގެ ޖަލްސާކުރާ މާލަމުގާކަމަށް އެ ކައުންސިލުން ހާމަކުރިއެވެ. އަދި މި ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެކަމަށާއި ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ 1 އަންދާސީ ހިސާބުކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

މި މަސައްކަތުގެ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަކަމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި އެ ކައުންސިލުން ވަނީ ދަންނަވާފައެވެ.