ގޭގައި ތިބެން ބާރު އެޅުމަށް މާދަމާއިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
އުރީދޫ އިން ބުނީ މި އޮފާތަކުގެ ތެރޭގައި ޑަބަލް ޑޭޓާ، ހިލޭ ވައިބާ އަދި ހިލޭ ފޭސްބުކް ފަދަ ހާއްސަ އޮފާތަކެއް ހިމެނޭނެ ކަމަށެވެ. އަދި މި އޮފާތައް އަލުން ފޯރުކޮށްދިނުމަށްނިންމީ، ކޯވިޑް-19 އާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއްލިބުމަކީ މުހިންމު ކަމެއްކަމުގައި ދެކިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
މާދަމާއިން ފެށިގެން ލިބޭ ހާއްސަ އޮފާތައް
- ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ
- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ
- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަގާ ފަރާތްތަކަށް 200 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ ލިބުން( މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު'، 'އެކުޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' ގެންގުޅޭ ފަރާތްތަކަށްވެސް ލިބޭނެ)
- ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަގާ ފަރާތްތަކަށް 50 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ
- ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ
- 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް'އަކަށްވެސް އަޕްގްރޭޑް ކުރެވޭނެ ކަމަށްއުރީދޫ އިން ބުންޏެވެ. އަދި އާޗާ އެއް ޖީބީ/ޑޭ ޕްލޭންސްއަށް ދެގުނަ ޑޭޓާ ލިބޭނެއެވެ. އެގޮތުން ދުވާލަކު ދެ ޖީބީ ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
Prepaid Daily adhi Weekly Data Add-ons nangavaafaraaiythakah 200% aai hama ah ithuru data libigendhaane. Adhi mi pack thah mihaaru Postpaid customerunnah ves khiyaaru kureveyne.
Geygaithibegen Ooredoo ge khudhumaiythah hoadhevumah: https://t.co/ymmQJFp3Xh#StayHome #StaySafe pic.twitter.com/16nmHUuEEA
— Ooredoo Maldives (@OoredooMaldives) May 31, 2021
މީގެ އިތުރުން މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ އާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 އިންސައްތައަށްވުރެ ގިނަ ޑޭޓާ ލިބޭއިރު، ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭފޭސްބުކް ބޭނުންކޮށްލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!