ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ފެށިގެން ކުރިއަށްދާއިރު ރޭވެސް ވަނީ ގިނަ މެޗްތަކެއް ކުޅެފައެވެ. ގުރޫޕް އޭގައި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމށްވާ ސްޕެއިންގެ ރިއަލް މެޑްރިޑް އަދި ފްރާންސްގެ ލީގު ވަން ޗެމްޕިއަން ޕެރިސް ސައިންޓް ޖާމައިން (ޕީއެސްޖީ) ބައްދަލުކުރި މެޗް ފަސޭހަކަމާއިއެކު 3-0 ގެ ނަތީޖާއަކުން ޕީއެސްޖީން ވަނީ ކާމިޔާބުކޮށްފައެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗަށް ޕީއެސްޖީން ނުކުތީ އެމްބާޕޭ އަދި ނޭމާ ނުހިމަނައެވެ. މެޗްގެ ފުރަތަމަ ދެ ގޯލް ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ ރިއަލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިއާ އާޖެންޓީނާގެ އެންހެލް ޑި މާރިއާއެވެ. ޑީ މާރިއާގެ ފުރަތަމަ ގޯލް މެޗްގެ 14 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ޖުއަން ބާނެޓް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އިދްރީސާ ގަނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑި މާރިޔާގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗްގެ 33 ވަނަ މިނިޓްގައެވެ.
ފުރަތަމަ ހާފްގައި ރިއަލް މެޑްރިޑްގެ ވޭސް ފޯވަޑް ގެރެތް ބޭލް ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު މިސީޒަންގައި ރިއަލް ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ކޭލާ ނަވާސްގެ ބޯ މަތިން ގޮސް ގޯލްގެ ތެރެއަށް ވަތް ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރ) ގެ އެހީގައި އަލުން ބެލުމަށްފަހު އެއީ ގޯލެއް ނުން ކަމަށް މެޗްގެ ރެފްރީ އެންތޮނީ ޓޭލާ ވަނީ ނިންމާފައެވެ. ވީއޭއާރއިން ދެއްކި ގޮތުގައި ބޭލް މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ބޯޅަ ގޯލައް ފޮނުވާލުމުގެ ކުރިން ބޯޅަ ބޭލްގެ އަތުގައި ޖެހެއެވެ. މެޗްގެ ފުރަތަ ހާފްގެ ކުޅުން ނިމުނީ 2-0 ން ޕީއެސްޖި ކުރީގައި އޮގެންނެނެވެ.
ދެވަނަ ހާފްގައިވެސް ފުރަތަމަ ހާފެކޭ އެއްފަދައިން ރަނގަޅަށް ކުޅެ ގިން ހަމަލާތަކެއް އުފެއްދީ ޕީއެސްޖީންނެވެ. ޕީއެސްޖީގެ ފަހު ގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ ތޯމަސް މުނީރެވެ. މުޅި މެޗްގައިވެސް ރިއަލް މެޑްރިޑަށް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް އެންމެ ބޯޅައެއްވެސް ފޮނުވާނުލެވެއެވެ.
ގުރޫޕް އޭގައި ހިމެނޭ އަނެއް ދެޓީމް ކަމަށްވާ ގަލަސަތަރޭ އަދި ކްލަބް ބުރޫގް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ދެޓީމް 0-0 ން އެއްވަރު ވެގެންނެވެ.
ގުރޫޕް ޑީގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަދި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ ބައަދުލުރި މެޗް ވަނީ 2-2 ން އެއްވަރުވެފައވެ. މެޗް އެއްވަރުވީ ޔުވެންޓަސްއިން ދެ ގޯލްޖަހާ ކުރީގައި އޮށްވާ ފަހަތުން އަރާ އެތްލެޓިކޯ މެޑްރިޑް ދެ ގޯލްޖަހައިގެންނެވެ.
ޔުވެންޓަސްގެ ފުރަތަމަ ގޯލް 48 ވަނަ މިނިޓްގައި ޖުއަން ކުއަޑްރާޑޯ ކާމިޔާބު ކުރިއިރު ދެވަނަ ގޯލް މަޓުއިޑީ ކާމިޔާބުކޮށްދިނީ 65 ވަނަ މިނިޓްގައެވެ. އެތްލެޓިކޯ މެޑްރިޑްގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗްގެ 70 ވަނަ މިނިޓްގައި ސްޓެފަން ސެވިޗް ކާމިޔާބުކޮށްދިން ގޯލުންނެވެ. އެތްލެޓިކޯ މެޑްރިޑްގެ ދެވަނަ ގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނި ހެކްޓަރ ހެރޭރާއެވެ.
ގުރޫޕް ޑީ ރޭ ބަޔާ ލެވަކޫސަން ގެ މަށްޗަށް ލޮކޮމޯޓިވް މޮސްކޯއިން ވަނީ 2-1 ން ކުރި ހޯދާފައެވެ. ލޮކޮމޯޓިވް މޮސްކޯ ގޯލްތައް ކާމިޔާބުކޮށްދިނި ކްރީޗޮވިއަކް އަދި ޑިމިޓްރީ ބަރިނޮވްއެވެ. ބަޔާ ލެވަކޫސަން ގެ ގޯލަކީ ލޮކޮމޯޓިވް މޮސްކޯ ބެނެޑިކްޓް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!