ހއ. ދިއްދޫއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިފަހަރު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި ތިން މީހެއް ހިމެނެއެވެ. މިއާއިއެކު އެރަށުން ރެންޑަމް ސާމްޕަލް ނެގި 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Ad
rt

އަލާމަތްތައް ހުރެގެން ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ.

މިކޭހާއި ގުޅިގެން މިހާތަނަށް 84 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 77 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 6 މީހެކެވެ.

އެރަށުން މިހާތަނަށް 726 ސާމްޕަލެއް ވަނީ ނަގާފައެވެ. މިރެއާ ހަމައަށް ނަތީޖާ ނުލިބެނީ 4 ސާމްޕަލެއްގެ އެވެ. 638 ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ.

އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން އެކަކު މިއަދު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ދިއްދޫގެ މިހާރުގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 87 އެވެ. އަދި އެރަށުގެ 201 ގެއެެއް ވަނީ ކަރަންޓީނުކުރެވިފައެވެ.

ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން 3 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފަ ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވޭތީ އެރަށުގައި މިއަދު ހަވީރު 4:00އިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ވަނީ ކާފިއު ހިންގައި، ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.