ހއ. ދިއްދޫއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ރޭ ވަނީ 28 މީހެއްގެ ސާމްޕަލް ނަގާފައެވެ.

Ad
rt

މިއަދު ޕޮޒިޓިވްވީ އެ 28 މީހުންގެ ތެރެއިން 14 މީހެކެވެ. އަނެއް 14 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.

އިއްޔެގެ ޕޮޒިޓިވް ކޭހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ރޭގެ އިރާކޮޅު ދިއްދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

އިއްޔެ ދިއްދޫއިން ޕޮޒިޓިވްވީ މިފަހުން ދަތުރެއް ވެސް ނުކޮށް އާންމުކޮށް ރަށުގައި ހުންނަ މީހެކެވެ. އެމީހާގެ ކޭހާއި ގުޅިގެން އިތުރު 14 މީހެއް ޕޮޒިޓިވްވުމަކީ ދިއްދޫއަށް ކުރިމަތިވި އިތުރު ހާސްކަމެކެވެ.

މިއަދު ވަނީ ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި ތިން މީހެއް ވެސް ޕޮޒިޓިވްވެފަ އެވެ.

ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން ވަނީ މިހާރު މަނާކޮށްފަ އެވެ.