މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި ހަނިމާދޫ ސްކޫލް ގުޅިގެން، އެ ސްކޫލުގެ ދަރިވަރުންނަށް ޗެސް ތަޢާރަފް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމްގައި ހަނިމާދޫ ސްކޫލުގެ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 18 އޭޕްރިލް 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ ސްކޫލުގައެވެ.
މި ޕްރޮގްރާމަކީ، މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލުތަކުގައި ޗެސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވިފައިވާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ޗެސް އެސޯސިއޭޝަނުން ވަނީ ހަނިމާދޫ ސްކޫލަށް ފަސް ރާޒުވާ ސެޓް ވެސް ހަދިޔާ ކޮށްފައެވެ.
ހަނިމާދޫ ސްކޫލަށް ޗެސް ތަޢާރަފް ކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައި ވަނީ ރާއްޖޭގެ ޤައުމީ ޗެސް ޓީމުގައި ހިމެނޭ އުމުރުން އެންމެ ފަނަރަ އަހަރުގެ މަރިޔަމް ލައިސާ އަބްދުއްރަޝީދެވެ.
Chess orientation program conducted to our students and teachers by Maldives national player Mariyam Laisha
Thanks to Maldives chess Association
#HanimaadhooSchool
#MaldivesChessAssociationPosted by Hanimaadhoo School on Monday, April 19, 2021
މި ޕްރޮގްރާމާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މުހްސިން އަބްދުއްލަޠީފް ވިދާޅުވެފައި ވަނީ، މިއީ ފެށުމެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ހަނިމާދޫ ސްކޫލުގައި މިފަދަ ކުޅިވަރުތައް ކުރިއެރުވުމަށް، ސްކޫލުގައި ހާއްސަ ކުލަބެއް އުފައްދައި، ސްކޫލުގެ ހައުސްތަކުގެ މެދުގައި ރާޒުވާފަދަ ކުޅިވަރުތަކުގެ މުބާރާތްތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މުހުސިން ވަނީ ހަނިމާދޫ ސްކޫލަށް ޗެސް ތަޢާރަފް ކުރެއްވުމުގެ ގޮތުން ކުރިއަށް މި ގެންދެވުނު ހަރަކާތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިއުމުގައި ޗެސް އެސޯސިއޭޝަންގެ ފަރާތުން ދެއްވި އެހީތެރިކަން ފާހަގަކޮށް އެ އެސޯސިއޭޝަނަށް ޝުކުރު ދަންނަވާފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރާއްޖޭގެ ޤައުމީ ޗެސް ކުޅުންތެރިޔާ މަރިޔަމް ލައިސާއަށް ދެއްވި އެހީތެރިކަން ފާހަގަކޮށް ލައިސާއަށް ވެސް ވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!