ހއ. ބާރަށުގައި ސެލްފް ސާވިސް ބޭންކިންގ ތަޢާރަފުކޮށް، އެރަށުގައި އޭޓީއެމް ހުޅުވުމުން، ބާރަށު ކުރީގެ މަޖިލިސް މެމްބަރު، އިބްރާހިމް ސުޖާއު، ރައީސް ޔާމީނަށް ޝުކުރު ދަންނަވައިފިއެވެ.
ސުޖާއުގެ ރަސްމީ ފޭސްބުކު ޕޭޖުގައި ރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދަކީ ބާރަށުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ރައްޔިތުންގެ އުފަލުގައި އޭނާވެސް ބައިވެރިވާ ކަމަށާއި، އޭޓީއެމްގެ ހިދުމަތަކީ ބާރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތެއް ކަމަށް ނިންމަވައިދެއްވި ކަމަށްޓަކައި ކުރީގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އިޚުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން، މި މަސައްކަތުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވާ ކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!