ހދ. ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން އެހީތެރިކަމާއެކު އެ ލޯންޗް މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
20 ފޫޓްގެ މި ލޯންޗް އަޑިއަށްދާ ކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ ފަތިހު 3:59 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ލޯންޗް ސަލާމަތްކުރުމުގައި ކުރިނބީގެ ރައްޔިތުންގެ އެހީތެރިކަން ވެސް ލިބިފައިވާ ކަމަށެވެ.
ސިފައިންނާއި، ކުރިނބީ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެ ލޯންޗް ފެންމަތިކޮށް، ސަލާމަތް ކުރެވުނީ ހެނދުނު 7:05 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!