ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 3 ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.
އެ ކުދީން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ.
އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް 3 ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ ކުދީން މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.
ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދިއްދޫގައި ހުންނަ ''ހއ. އަމާންވެށި''އިން ވެސް އިއްޔެ ކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން ކުއްޖެކެވެ.
މީގެކުރީން ވެސް އެކިފަހަރުމަތީން އެރަށުން ވަނީ ހޯމްކަރަންޓީނުގައި ތިބި މީހުން ކޯވިޑް ބަށްޔަށް ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!