އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މާލޭ ސިޓީގައި މިއަދު ހަވީރު އިހުތިޖާޖު ފަށާފައިވަނިކޮށެވެ.
އެ އިހުތިޖާޖުގައި ބައިވެރިވާ، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ''ތިލަދުން''އަށް ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ އެކޯލިޝަންގެ ބައެއް ޕާލަމެންޓް މެންބަރުންނާއި، އިސްވެރިންނާއެކު ހިންގަވާފައި ބްރިޖާއި ދިމާއަށް ވަޑައިގަންނަވަނިކޮށް ކަމަށެވެ.
''އަދުރޭ އެކަނި ހައްޔަރުކުރީ، އަދުރޭ ނެގުމުން މިއަދުގެ މުޒާހަރާ ހުއްޓުވޭނެ ކަމަށް ހީކުރެވެެނީ ކަމަށް ވެސް ވެދާނެ، މިހާތަނަށް ވިއްސަށްވުރެ ގިނަ މީހުން ނަގައިފި، އެކަމަކު ޕާޓީން ނިންމާފަ އޮތްގޮތަށް 6 ޖެހިޔަސް އިހުތިޖާޖް ކުރިއަށް ދާނެ''
އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ''ތަންކޮޅެއް'' ހަރުކަށި ކަމަށް ބެލެވޭ ކަމަށާއި، ބައެއް މީހުންނަށް އަނިޔާވެސް ވަމުންދާ ކަމަށެވެ.
އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވާއިރު، ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!