ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވީ، މިއީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢުއެއް ކަމަށެވެ.

Ad
rt

މި އިންކްލޫސިވް ސަޕޯޓް ޔުނިޓަކީ އަފީފުއްދީން ސްކޫލުގައި ކުރިއަށްގެންދާ އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ މާޙައުލެެއް ޤާއިމުކުރުމަށް ހިންގުނު މަޝްރޫޢުއެއް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެ އެވެ.

އަފީފުއްދީން ސްކޫލްގައި ޤާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.

އަފީފުއްދީން ސްކޫލްގެ އިތުރުން ފުވައްމަލަކު ސިޓީގެ ހާފިޒް އަޙްމަދު ސްކޫލްގެ އިންކްލޫސިވް ޔުނިޓްގެ ޖާގަ އިތުރުކޮށް، ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މި ދެ ސްކޫލުގެ ދަރިވަރުންގެ ތަރައްޤީއަށް މަގުފަހިވާނެ ވަސީލަތްތައް ސަޕޯޓް ޔުނިޓުތަކުގައި ޤާއިމް ކުރުމާއި، ސްކޫލުގައި ވޯކްވޭ އެޅުމާއި އަދި ޓީޗަރުން ތަމްރީން ކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

މިގޮތުން 2020 ވަނަ މި ދެ ސްކޫލް ހިމެނޭ ސަރަހައްދުގެ ސްކުލުތަކަށްވެސް ފުރުސަތު ދީގެން ޖުމުލަ 35 ޓީޗަރުން ކްއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ކަމަށާއި، މި މަޝްރޫޢު ނިމިގެންދާނީ މި އަހަރުގެ ޖޫން މަހުގަ ކަމަށް ވެސް އެ ޑިޔުކޭޝަނުން ވިދާޅުވެ އެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި ދެ ސްކޫލުގައި ކުރިއަށްގެންދާ އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ މާޙައުލެއް ސްކޫލުގައި ޤާއިމް ކުރުމާއި ދަރިވަރުންގެ ތަރައްޤީއަށް މަގުފަހިވާނެ ވަސީލަތްތައް ޤާއިމް ކުރުމެވެ.

އިންކްލޫސިވް ޔުނިޓުތަކަކީ ރާއްޖޭގެ ހުރިހާ ސަރަޙެއްދެއްގައި ތިބި ކުދިންނަކީވެސް ހަމަހަމަ ފުރުސަތު ލިބޭ ކުދިންކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ޤާއިމުކުރާ ޔުނިޓުތަކަކެވެ.