ށ. މިލަންދޫގައި ސަރުކާރުން އަޅަން ފަށާފައިވާ އިންޑޯ ކޮމްޕްލެކްސްގައި ނުނިމިހުރި މަސައްކަތްތައް ކުރަން އަނެއްކާވެސް ހުޅުވާލައިފިއެވެ.
މި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އަނެއްކާވެސް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހުޅުވާލައިފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ކުރި އިއުލާނަށް، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީއެވެ.
ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގައި އޮންނާނެކަމުގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ގައިކަމަށްވެސް ބުނެފައިވެއެވެ.
އެމިނިސްޓްރީން ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު ގަތުމަށްވެސް ބަޔަކާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!