ފިނީގެ ބޮޑު ޠޫފާނެއް ރަޝިޔާގެ އިރުމަތީގެ އަވަތަކަށް ކުރިމަތިވެ، ގިނަ ހިސާބުތަކުން ކަރަންޓު ގޮސްފިއެވެ.
ރަޝިޔާގެ ޕްރިމޯސްކީ ހިސާބުތަކަށް ބޯކޮށް ސްނޯ ފައިބާ، އެ ހިސާބުތަކުގެ ފިނިހޫނުމިން އުޅެނީ ވަރަށް ދަށް ކޮށެވެ. މި ހިސާބަަށް ބޯކޮށް ސްނޯ ވެހުމުގެ ސަބަބުން، ރަޝިޔާގެ ސަރުކާރުން މިހާރު ވަނީ މި ހިސާބަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފަ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ކަރަންޓު ގޮސްފައިވާއިރު، ގިނަ ދުވަސްތަކަކަށް ކަރަންޓު ނުލިބި އުޅެން ޖެހިދާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން މިހާރު ވަނީ ބުނެފައެވެ. ނަމަވެސް، އެ ޤައުމުގެ ސަރުކާރުން އަންނަނީ ބެކް އަޕް ޕްލޭންއެއްގެ ދަށުން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
කවදා හරි ජීවිතේට එක පාරක් හරි දකින්න, යන්න කැමතිම හින නගරයක් #Vladivostok #Russia https://t.co/RlEawUBrJI
— Truth First - Lanka (@ApiWenuwen) November 21, 2020
ވްލަޑިވޯސްޓޮކް ހިސާބުން ޚަބަރު ފަތުރާ ވަޞީލަތްތަކުން ޢާންމު ކުރި ފޮޓޯ ތަކުން ފެންނަ ގޮތުގައި، ގިނަ ޢަދަދެއްގެ ގަސްތައް ވަނީ ސްނޯ އިން ފުރިފައެވެ. އަދި ކަރަންޓު ލައިންތައް އެއްކޮށްހެން ގަނޑުވެފައިވާ އިރު، ކާރުތަކުގެ މައްޗާއިހަމައަށް ސްނޯ ވަނި ފައިބާފައެވެ.
Cold rain in Vladivostok, Russia pic.twitter.com/ELfMsPhRss
— Black Hole (@konstructivizm) November 21, 2020
ދެދުވަސް މެދު ނުކެނޑި ވާރޭ އަދި ސްނޯ ވެހުމުގެ ސަބަބުން މި ކަރަންޓު ލައިން ތަކުގައި ވަނީ ބައި އިންޗިއަށް ފެންހަރުލައި ގަންޑުވެފައެވެ. މި ހިސާބުތަކުގެ މީހުން ބުނާ ގޮތުގައި މިއީ ވޭތުވެދިޔަ30 އަހަރު ދުވަހުގެ ތެރޭގައި މި ހިސާބުން ނުފެންނަ މަންޒަރެކެވެ.
#Vladivostok https://t.co/5QyEEgGJne
— KillingEve (@Killing87152220) November 21, 2020
ރަޝިޔާ ސަރުކާރުގެ ނޭވީ އަދި ސިފައިން ނުކުމެ މި ހިސާބުތަކުގައި ދިރި އުޅޭ މީހުންނަށް ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އަދި ވަގުތީ ހިޔާތައްވެސް މިހާރު ވަނީ ޤާއިމްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!