ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުގެ އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް އެ ރަށުގެ ހިނަވާގޭ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

އެ ކައުންސިލުން މިކަމާއި ގުޅިގެން 15 ނޮވެމްބަރ 2020 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދިލައްވާކަމަށެވެ.

Ad
rt

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 (ހޯމަ) ދުވަހުން ފެށިގެން 25 ނޮވެމްބަރ 2020 ވާ (ބުދަ) ދުވަހާއި ދެމެދު އެ އިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށާއި، މީގެއިތުރުން އެ ކައުންސިލް އިދާރާއަށް ވަޑައިގެންވެސް ނަންނޯޓް ކުރުން ކުރިއަށް ގެންދެވޭނެ ކަމުގައި މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ދިނުން އެ ކައުންސިލު އިދާރާގެ ޖަލްސާ މާލަމުގައި 26 ނޮވެމްބަރ 2010 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ،އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައެވެ.

މަޢުލޫމާތު ސެޝަންގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އެކަނިކަމަށް ވާއިރު، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަވަން ޖެހޭނެއެވެ. ޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފއިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.