ހދ. ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަ ކުރެއްވި މަޢުލޫމާތުތަކުން ވަނީ ހާމަ ވެފައި އެވެ.

Ad
rt

އެޗްޕީއޭއިން ރޭ ހާމަކުރަށްވާފައިވާގޮތުން ހަނިމާދޫން ޕޮޒިޓިވް ވެފައިވަނީ ފުރަން އުޅުނު މީހެކެވެ.

ހަނިމާދޫން އިތުރު ކޯވިޑް ކޭހެއް ފެނުމާއި ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވީ ހަނިމާދޫގައި ހުންނަ ސިޓީ ހޮޓަލުގައި ހުރި މީހެއް ކަމަށެވެ. އޭނާއަކީ ދިވެއްސެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރު މަޢުލޫމާތެއް ނެތްކަމަށް އޭނާ ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫން މިފަހަރު ކޯވިޑަށް ޕޮޒިޓިވްވީ ހަނިމާދޫގައި ހުންނަ ސިޓީ ހޮޓާ ''ދަ ބެއާފޫޓް އެކޯ ހޮޓެލް'' ގައި ހުރި ފަތުރުވެރި އެކެވެ.

ހަނިމާދޫން ކުރިން ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިއެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޭނާގެ ކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުންނެވެ. އޭނާ ޕޮޒިޓިވްވީކަން އެނގުނީ މި ހިނގާ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.