ހދ.ނޭކުރެންދޫ އިން ކޯވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ. އެ ރަށުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އާލީ އާދަމް "ތިލަދުން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ނޭކުރެންދޫ އަށް އައި 05 މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ ކަމަށާއި ދެން ތިބި 4 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.
"އެ ފަސް މީހުން ވެސް ރަށަށް އައިސްފައިވަނީ މި މަހުގެ 9 ވަނަ ދުވަހު، އޭގެ ތެރޭގައި ހިމެނޭ 2 ދިވެހިން ނާއި 3 ބިދޭސީން ، މި 5 މީހުން ވެސް ތިބީ ހޯމް ކަރަންޓީނުގަ ތިބެފަ 14 ދުވަސް ހަމަކޮށް އިއްޔެ ޓެސްޓް ހޭދީ" އަލީ އާދަމް ތިލަދުންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މި 5 މީހުންގެ ނަތީޖާ ވެސް ކައުންސިލަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 03:30 ގައި ކަން ފާހަގަކުރައްވައި ވިދާޅުވީ ޕޮޒިޓިވް ކޭސްގެ ފަރާތުން އެއްވެސް ކަހަލަ އަލާމާތެއް ފެންނަން ނެތްކަމަށާއި މިހާރު ޕޮޒިޓިވް ވި މީހާ ހުރީ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ވަކި ތަނެއްގައި އައިސޮލޭޓް ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ރަށް މޮނީޓަރިން އަށް ލުމާއި މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ވަކިގޮތެއް ކައުންސިލަށް އަންގާފައި ނުވަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!