ހއ. އިހަވަންދޫ ފެނަކަ ކޯޕަރޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިއަދު ހެނދުނު 8:45 ގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ
މިރަސްމިއްޔާތު ބާއްވާފައި ވަނީ އައު އޮފީސް އިމާރާތް އެޅުމަށް ޓަކައި ފެނަކަ އަށް ދޫކޮށްފައިވާ ބިމުގައެވެ.
ބިންގާ އަޅުއްވައި ދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އިހަވަންދޫގެ ކަރަންޓުގެ ނެޓުވޯކު އެޗް ވީ ނެޓުވޯކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފައްޓާފައިވާކަމަށާއި ރަށް އަވަހަށް ރަށުގެ ނެޓުވޯކު އެޗްވީ ނެޓުވޯކަށް ބަދަލުކުރެވިގެން ދާނެ ކަމަށެވެ.
ހަމައެއާއެކު މަސްވެރިންނަށް ރަށުގެ ޖެޓީއިން ކަރަންޓާއި ބޯފެން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސާދެއްވާނެ ކަމަށް
ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މިފަދަ ކަންކަން ކުރިއަށް ގެންދެވޭނީ ވަރަށްގިނަ ބަޔަކު ލާމެހި ގުޅިގެން ކަމަށާ މިއީ އެއްވެސް ބަޔަކު އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކޮށްގެން، ފުރައްސާރަކޮށްގެން ކުރިއަށްގެންދެވޭނެ ކަންކަން ނޫންކަމަށެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސްއާއި މެމްބަރުން ފެނަކަ ކޯޕަރޭޝަންއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ އެއްވެސް ތަކުލީފެއް ނެތި މިއަދާހަމައަށް ވާސިލް މިވެވުނީ ކައުންސިލުން ރައްޔިތުންނާމެދު ވަރަށް ޕޮޒިޓިވްކޮށް ދެކޭތީ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ރައީސް އިބުރާހިމް މުޙައްމަދު ސޯލިހުގެ ޒައާމަތުގައި އަސާސީ ހިދުމަތްތައް އިހަވަންދޫގައި ތަރައްޤީކުރުމަށް މީން ޒަމާނެއްގައި ނުކުރާހާ މިންވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
އިހަވަންދޫގެ ފެނަކާގެ ވެރިންނާއި މުވައްޒަފުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި ދެކިގެން ނޫން، މިއީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަޒުމުގައި ވަރަށް ހީވާގި ޓީމެއްކަން ފާހަގަކުރަން
ޝިފާޢު ވިދާޅުވި އެވެ.
(2/2) pic.twitter.com/DKTxGfex99
— Fenaka Corporation Ltd (@TeamFenaka) October 13, 2020
އިހަވަންދޫގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމަށް ހިންގާ ބޮޑު ޕްރެޖެކްޓް ތެރޭ ހިމެނޭ، ފެނަކަ އައު އޮފީސް އިމާރާތެއް އެޅުމަށް، އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިމަހުގެ7 ވަނަ ދުވަހު އެވެ. މި އިމާރާތް އެޅުމަށް ބޭނުންވާ ބިން ކައުންސިލުން ވަނީ ހަމަޖައްސާދީފައެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ. މިހާރުގެ އިންޖީނުގެ ގޭގެ ހުޅަނގު އުތުރު ކަންމަތިން އާމިނާދިޔޯ ހެލްތް ސެންޓަރުގެ ކުރިމައްޗަށްވާ ގޮތަށެވެ.
260 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މި މަސައްކަތުގެ ޖުމްލަ އަގު 6 މިލިއަން ރުފިޔާއަށް އަރައެވެ.
https://thiladhun.wonstasite.com/44509
ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، 150،000 ލީޓަރުގެ ތެޔޮ ތާންގިއެއް ހެދުމާއި، އައު އިންޖީނުގެ އެއް ހެދުމާއި، 1 މެގަވޯޓުގެ އިންޛިނެއް ގެނައުމާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ރަށުގެ ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޖީނުގެއިން ސުކޫލަށް ވަކި ފީޑަރެއް އެޅުމަށްފަހު ކަރަންޓް ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ކަރަންޓް ސެޓޭބަލް ކުރުމަށް މިހާރުވަނީ ވަކި ފީޑަރެއް އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!