ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ށ.މިލަންދޫ ދާއިރާ ހިމެނޭ ރަށްތަކުގައި ބަލިމީހުން ބެއްލެވުމަށް ޕްރޮގްރާމެއް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

އެގޮތުން ފުރަތަމަ މި ޓީމް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ށ.މިލަންދޫ އަށެވެ. މިލަންދޫ ޞިއްޙީމަރުކަޒުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ގުޅިގެން މިހިގާ ސެޕްޓެމްބަރ މަހުގެ 21 އަދި 22 ވަނަ ދުވަހު ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ށ. އަތޮޅުގެ ހުރިހައި ރަށަކަށް ހުޅުވާލެވިގެން، އެމަރުކަޒުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

Ad
rt

1- އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ - (ކުޅުދޫފުށީ ރީޖަނަލް ހޮސްޕިޓަލްގެ)
2- ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރ - ( ކުޅުދޫފުށީ ރީޖަނަލް ހޮސްޕިޓަލްގެ)
3- ރޭޑިއޮލޮޖިސްޓް (ސްކޭން ޚާއްޞަ ޑޮކްޓަރ) - (ކުޅުދޫފުށީ ރީޖަނަލް ހޮސްޕިޓަލްގެ)
4- އަންހެނުންގެ ޚާއްޞަ ޑޮކްޓަރ - މިލަންދޫ ޞިއްޙީމަރުކަޒުގެ
5- ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ - މިލަންދޫ ޞިއްހީމަރުކަޒުގެ

ޑޮކްޓަރަށް ދައްކަވަން ވަޑައިގަންނައިރު ފޭސްމާސްކު އަޅުވަން ހަނދުމަފުޅުކޮށް އަރުވަމެވެ.

ޚާއްޞަ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް 6540519 އަދި 7839404 ނަމްބަރުތަކާއި ގުޅުއްވައި އެޕޮއިންޓްމަންޓް ހެއްދެވުން އެދޭކަމަށް އެއިޢުލާނުގައި ބުނެފައިވެ އެވެ. އެޕޮއިންޓްމަންޓް ހެދުމަށް ގުޅަންޖެހޭ ވަކި ގަޑިތަކެއް އެމަތުކަޒުންވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މިރޭ 20:00ން 23:00ށް މާދަމާ އަދި އާދީއްތަ ދުވަހު 10:00ން 03:00 އަށް ގުޅުއްވުން އެދޭކަމަށް ބުނެފައި ވެއެވެ.

މިލަންދޫ ސިއްޙީ މަރުކަޒުން ބުނީ މި ޕްރޮގުރާމް އިންތިޒާމްކޮށްދެއްވާފައިވާތީ މިނިސްޓްރީ އޮފް ހެލްތު އަދި ކޭއާރުއެޗްއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާކަމަށެވެ.