ފިލައިގެން އުޅޭ "އެމް.ޑީ ފޮއިސަލް ސަރުކާރު" ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ފޮޓޯއިން ފެންނަ މީހަކީ، ސްޕޮންސާއަށް ފިލައިގެންގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ޤާނޫނާ ހިލާފަށް ދިވެހި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، މޯލްޑިވްސް އިމިގްރޭޝަނުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ހޯދަމުންދާ މީހެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ: އެމް.ޑީ ފޮއިސަލް ސަރުކާރު، ބަނގުލަދޭޝް (ޕާސްޕޯޓު ނަންބަރު: EA0056441(
ފުލހުން ބުނެފައިވަނީ، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!