ރައްޔިތުންގެ މަޖިލީހުގެ ހއ އަތޮޅުގެ 5 މެމްބަރުން ސިލްސިލާކޮށް ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢައިޝަތު ޢަލީ އާއި ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަންއިން ބުނެފައިވަނީ ހއ އަތޮޅު ތަމްސީލުކުރައްވާ މަޖިލީސް މެމްބަރުން މިއަދު މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ އާއި ބައްދަލުކުރައްވާ، އެ ދާއިރާތަކުގެ ތަޢުލީމީ ނިޒާމުގައި ހުރި ދަތިތައް ހިއްސާ ކުރެއްވުނުކަމަ ށެވެ.

Ad
rt

ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ވިދާޅުވީ މި ބައްދަލުވުމުގައި ހުށަހެޅި މައިގަނޑު ކަންތައްތަކުގެ ތެރޭގައި މި އަހަރުގެ ބަޖެޓްގައިވާ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 ކްލާސްރޫމާއި ސްކޫލް އޮފީހުގެ މަސައްކަތް އަވަހަށް އިޢުލާންކޮށްދެއްވައި އެ މަސައްކަތް ފެށޭނެ ހިސާބެއް އަންގަވައިދެއްވުމާއި، ސްކޫލަށް އެޑްމިނިސްޓްރޭޓަރަކާއި، ލެބޯޓްރީ އެސިސްޓެންޓަކާއި، ހެލްތު އެސިސްޓެންޓެއްގެ އިތުރުން ސްޕޯޓްސް ސްޕަވައިޒަރަކާއި އިތުރު މަސައްކަތު މީހުން ނެގުމަށް ހުއްދަ ހޯއްދަވައިދެއްވުން ހިމެނޭކަމަ ށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ސްކޫލްގެ މަލްޓިޕާޕަސް ހޯލަށް އާދަޔާ ޚިލާފަށް ހޫނުވުމާއި، ވިއްސާރަ ދުވަސްވަރު ވިއްސާރައިގެ އަސަރުކުރާ މައްސަލަައަށް ޙައްލެއް ބޭނުންވާ ވާހަކައާއި، 2019 ވަނަ އަހަރު އިޢުލާންކުރެވުނު ސްކޫލްގެ ގޭޓާއި ކްލާސްރޫމްތަކުގެ ކުޑަދޮރު މަރާމާތުކުރުމުގެ މަސައްކަތުގެ ބީލަމުގެ ކަންކަން ނިމި، ބީލަންތައް އިވެލުއޭޓްކުރެވިފައިވިޔަސް، އެ މަސައްކަތްތައް އެވޯޑްކުރުމުގެ ހުއްދަ ލިބިފައިނުވާތީ އެކަމުގެ ހުއްދަ ދެއްވުމަށާއި، ގްރޭޑް 8 ގެ ކުދިން ކިޔަވަމުންދާ ކްލާސްރޫމްތަކަކީ މީގެ 38 އަހަރު ކުރިން ޢިމާރާތްކުރެވި، ދޮރެއް، ކުޑަދޮރެއް ނެތް ކްލާސްރޫމްތަކެއް ކަމުގައިވާތީ އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމާއި، ސްޓާފްރޫމްގެ ޖާގައިގެ ދަތިކަމާއި އެއަރކޯންތައް ހަލާކުވެފައިވާތީ އެކަން ވެސް ޙައްލުކޮށްދެއްވުމަަށް މިނިސްޓަރ ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

މި ކަންކަމަށް އެދެވޭ އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި އެކަމަަށްޓަކައި އަދި މި ބައްދަލުވުމުގެ ފުރުޞަތު ދެއްވީތީ މިނިސްޓަރަށް ނުހަނު ޝުކުރު އަރިސްކުރަމެވެ.

ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ހއ އަތޮޅުގެ ސުކޫލުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ހިއްސާކުރުމާއި 2021ގެ ބަޖެޓުން ސުކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ބިނާކުރުމާގުޅޭގޮތުން ތަޢުލީމާއިބެހޭ ވަޒީރާއި ބައްދަލްކޮށް މިއަދު މަޝްވަރާކުރެވުނު ކަމަށެވެ.

ބާރަށު ދާއިރާގެ މެންބަރ އަޙްމަދު ޢަބްދުﷲ ވިދާޅުވީ މިނިސްޓެރް އާއިއެކު ބޭއްވި ބައްދަލުވުމުގައި ދާއިރާގެ ސްކޫލު ތަކުގެ ހާލަތު ރަނގަޅު ކުރުމާ ސްކޫލުތަކުގެ ޖާގަ އާއި ވަސީލަލަތްތައް ތަރައްގީ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ.

ތައުލީމީ ދާއިރާ އާއި ގުޅޭ ގޮތުން އުލިގަން، ތުރާކުނު، ހޯރަފުށި ގައި ހުރި ކަންކަމާ ބެހޭ ގޮތުން މިއަދު މިނިސްޓަރ ޑރ. ޢައިޝަތު ޢަލީއާއި ބައްދަލުކޮށް މަޝްވަރާ ކުރެވުނު.

ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔަފަހުން ހއ. އަތޮޅުގެ 5 މެންބަރުން އަންނަނީ އެކު އެކީހެން އެކި ދުވަސް ވަހު އެކި މިނިސްޓްރީ ތަކާއިއެކު ސިލްސިލާ ބައްދަލުވުންތައް ބާއްވަމުން ނެވެ. އެގޮތުން މިފަހުން ވަނީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމް އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހއ. އަތޮޅަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ކުރިއަށް އެއަތޮޅުގައި ރޭވިފައިވާކަންކަމާއި މެދު މަޝްވަރާ ކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްގެ އަރިހަށް ޒިޔާރަތް ކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

ހއ. އަތޮޅުގެ 5 މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 5 މެންބަރުންނެވެ.