ހއ. އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 12:00 އަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ މާފަންނު އިޖުތިމާއީ މަރުކަޒުގައި ކަމަށް އެއިޢުލާނުގައި ވަނީ ބުނެފައެވެ.
އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރު 2020 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައިކަމަށް އެމިނިސްޓްރީއިން މަޢުލޫމާތުދެއެވެ.
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ކަމަށް އެއިޢުލާނުގައިވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!