ހދ. ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިގެން ފުރަތަމަ ޓެސްޓް ކުރެވުނު 24 މީހުންގެ ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފިއެވެ.

އެކޭސް އާގުޅިގެން މިހާތަނަށް 60 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ޓެސްޓްކޮށްފައިވަނީ އެކުއްޖާއާ އެންމެ ބޮޑަށް ކޮންޓެކްޓްވީ 24 މީހެކެވެ. އޭގެތެރޭގައި އެކުއްޖާއަށް ފަރުވާދިނުމުގައި އުޅުނު ތިން ނަރުހަކުވެސް ހިމެނެއެވެ.

Ad
rt

ކުޅުދުއްފުށިން މާލެ ފޮނުވާލި 7 އަހަރުގެ ކުއްޖާ ކޯވިޑްއަށް ޕޮޒިވް ވީކަން އެނގުނީ އިއްޔެއެވެ. އެކުއްޖާގެ ބައްޕައާއި މަންމަގެ ސާމްޕަލް ވެސް މާލެއިން ނަގާފައިވާއިރު، އަދި ނަތީޖާ ނުލިބެއެވެ.

ﷲ ގެ އިރާދަފުޅާއެކު އާންމު ހާލަތަކަށް ކުޅުދުއްފުށި ރުޖޫޢަ ވާނެ. ކުއްޖާއަށް ބަލި ޖެހުނީ ކިހިނެތް ކަމެއް އަދި ސާފު ނުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރަން.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ބުނެފައިވެއެވެ.

މިކޭސްއާ ގުޅިގެން ކުޅުދުއްފުށި އޮތީ މޮނިޓަރިންގައެވެ.